އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަގާމަށް ކުރިން ވެސް އިސް މަގާމެއްގައި ހުންނެވި ހުސެއިން ނިޔާޒު ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުނިން ދިވެހި މުވައްޒަފުން ބިނާކޮށް، ކުންފުނީގެ ލީޑަޝިޕްގެ މަގާމުތަކަށް ދިވެހިންނަށް ލިބިދީފައިވާ ފުރުސަތުތައް ފަހިކޮށް ދިނުމަށް އެ ކުންފުނިން އިން ހާއްސަ އަހަންމިއްޔަތުކަން ދޭ ކަމަށެވެ. އެހެންވެ ސީއެކްސްއޯ ލެވެލްގެ މަގާމަކަށް ނިޔާޒު އައްޔަން ކުރުމަކީ އުރީދޫ މޯލްޑިވްސް އިން ކަޑައްތު ކޮށްފައިވާ ވަރަށް މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ.

އޭނާ އެ މަގާމަށް އައްޔަނު ކުރުމާ ގުޅިގެން އުރީދޫ މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު، ނަޖީބް ހާން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މީގެ 16 އަހަރު ކުރިން ނިޔާޒު ޓެކްނީޝަނެއްގެ ގޮތުގައި އަޅުގަނޑުމެންނާ ގުޅުމަށް ފަހު ރާއްޖޭގައި އަޅުގަނޑުމެންގެ ނެޓްވޯކް އެޅުމުގެ އެންމެ ފުރަތަމަ މަރުޙަލާތަކުގައި ހަރަކާތްތެރިވެ، ކުންފުނި ކުރިއެރުމަށް ކޮށްދީފައިވާ ގިނަގުނަ ހިދުމަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،
ނަޖީބު

ހުސައިން ނިޔާޒު އުރީދޫ މޯލްޑިވްސްއާ 2005 ވަނަ އަހަރު ގުޅި، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިންވަނީ 16 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައެވެ. އޭނާ އުރީދޫ މޯލްޑިވްސްއާ ގުޅިފައިވަނީ އާރްއެންއީ ޓެކްނީޝަންއެއްގެ ގޮތުގެއެވެ. އޭގެ ފަހުން ވަޒީފާގެ އިތުރު އެތައް ކުރިއެރުމެއް ހޯދައި، ފުރާފައިވާ މަގާމުތަކުގެ ތެރޭގައި މެނޭޖަރު ނެޓްވޯކް ޕްލޭނިންގް އެންޑް އޮޕްޓިމައިޒޭޝަން، ހެޑް އޮފް ނެޓްވޯކްސް، ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، އަދި އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމު ހިމެނެއެވެ.

އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން، ހުސައިން ނިޔާޒު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައި 12 އަހަރު ދުވަހު މަސައްކަތްކޮށްފައެވެ. ހުސައިން ނިޔާޒު ވަނީ ޓެލެކޮމް މެނޭޖްމަންޓް އިން އެގްޒެކެޓިވް މާސްޓާސް ހާސިލުކޮށް، ފޯޓް ގޯޑަން ޔުނައިޓެޑް ސްޓޭޓްސް އާމީ އިން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ތަމްރީނު ހާސިލުކޮށްފައެވެ.

މީގެ އިތުރުން، އޭނާ ވަނީ ސިންގަޕޫރުގެ ސެންޓާ ފޯ ކްރިއޭޓިވް ލީޑާޝިޕް އިން ލީޑާޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިންގް ހަދައި، އުރީދޫ ގްރޫޕް އިން އިންސްޓިޓިއުޓް ފޯ މެނޭޖްމަންޓް ޑިވެލޮޕްމަންޓް (އައިއެމްޑީ) އާއެކު ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން ހިންގާފައިވާ އުރީދޫ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްވެސް ފުރިހަމަކޮށްފައެވެ.