އީސްޓޯރް މެދުވެރިކޮށް ވިޔަފާރިކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިލްތިމާސް ކޮށްފިއެވެ.

އެސްޓީއޯއިން ވަނީ ބޭރަށް ދިޔުން މަދުކޮށް ގޭގަ ތިބެގެން ވިޔަފާރި ކުރުމަށް އީސްޓޯރް ހިޔާރުކުރަން އެދިފައެވެ. އަދި އީސްޓޯރް މެދުވެރިކޮށް ކޮންމެ ގަޑިއަކުވެސް ވިޔަފާރި ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މާލެއާ، ހުޅުމާލެ އަދި ބޯޓަށް ޑެލިވަރީގެ ހިދުމަތްވެސް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މިދިޔައަހަރު މުޅި ރާއްޖެ ލޮކްޑައުން އަކަށް ދިޔަ ދުވަސްކޮޅުވެސް އެސްޓީއޯއިން އީސްޓޯރް މެދުވެރިކޮށް ވިޔަފާރި ކުރެވޭނެ ގޮތް ހެދިއެވެ.

އޮންލައިންކޮށް ވިޔަފާރި ކުރުމަށް އެސްޓީއޯއިން ފުރުސަތު ހުޅުވާލާފައި ވާއިރު އޮންލައިންކޮށް އެސްޓީއޯގެ ބޭސްފިހާރަ ތަކުން ބޭސްނެގޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.