އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މިއުޒިކް ޝޯ، އުރީދޫ އީދު ޝޯ 2021 މިރޭ 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫ އީދު ޝޯ ބޭއްވުމަށް ހަމަ ޖެހިފައި ވަނީ މިރޭ 9:00 ގައި އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލްގައެވެ. ގޭގައި ތިބެގެން މި ކުލަގަދަ އީދު ޝޯގައި ބައިވެރިވުމަށް އެންމެހާ ފަރާތްތަކަށް އުރީދޫން ވަނީ ދައުވަތު ދީފައެވެ.

ޝޯ ބާއްވަން ހަމަޖެހިފަވާ ގަޑީގައި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރުކޮށް ނުވަތަ މި ލިންކް މެދުވެރިކޮށްވެސް ޝޯ ބަލާލެވޭނެއެވެ.

އުރީދޫން ބުނީ މިއީ ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް މި ދަނޑިވަޅުގައި، ދިމާވެފައިވާ ގޮންޖެހުން ތަކާއެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ އީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ބާއްވާ ޝޯއެއް ކަމަށެވެ.

އެގޮތުން އުރީދޫ އީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިން ތަކެށް ފެނިގެން ދާނެ ކަމަށް އުރީދޫން ބުނެއެވެ. އޭގެ ތެރެއިން ޒަކިއްޓެ، ޝަންމޫނު، ހަބޭސް ފިއުޝަން އަދި ޑަންޑޫރަ ހިމެނެއެވެ.