މާލެ ސަރަހައްދުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ފުލުހުންނާއެކު ސިފައިންވެސް ހަރަކާތްތެރިވާން ފަށައިފިއެވެ.

ކޮމިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ފުލުހުންނާއެކު ސިފައިން ހަރަކާތްތެރި ވަމުން ދާ އިރު ސިފައިން ގެންދަނީ، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މާލެއާއި އެހެން ސަރަހައްދުތަކުގައި ސެކިއުރިޓީ ވަރުގަދަ ކުރަމުންނެވެ.

އެގޮތުން މާލެ ސަރަހައްދާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަރިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު މާލެ ސަރަހައްދުގެ ހާލަތު ވަކިން ގޯހެވެ. މާލެ ސަރަހައްދުން އިއްޔެވެސް 1315 މީހަކު ޕޮޒިޓިވެ ވެފައި ވެއެވެ.

މާލެ ސަރަހައްދުގައި މިހާރު ވަނީ ކާފިއު ހިންގާފައެވެ. ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގާފައި ވާއިރު، ކާބޯތަކެތި ވިއްކާ ތަންތާނގައި ތިބެގެން ކެއުން ބުއިން ވަނީ މަނާ ކޮށްފައެވެ. އަދި މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުންވެސް ވަނީ މަނާކޮށްފައެވެ.

ފުލުހުން ބުނެފައި ވަނީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަަށް ހުޅުމާލޭގައި ކުރިއަށް ގެންދަން އުޅުނު ހަރަކާތެއް މިއަދުވެސް ހުއްޓުވާފައި ވާކަމަށެވެ.