މާލޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް އުފުލިއްޖެއެވެ.
ކޮވިޑް-19އާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި 20ރ އަށް އަރައިގެން ގޮސް އެމްއެމްއޭ އާއި ބޭންކުން އެޅި ފިޔަވަޅުތަކާ ގުޅިގެން ޑޮލަރުގެ އަގު ވެއްޓުމަށް ފަހު އަނެއްކާވެސް ވަނީ އަރާފައެވެ.
މިހާރު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 19ރ އާއި 20ރ ދެމެދުގައެވެ. ބައެއް މީހުން 19/65ރ އަށް މާރު ކޮށްދޭ އިރު އެހެން ބައެއް މީހުން މާރުކޮށް ދެނީ 20ރ އަށެވެ.
މިދުވަސް ވަރަކީ ކޮންމެވެސް ވަރަކަށް ފަތުރުވެރިންވެސް އަންނަ ދުވަސް ވަރެކެވެ. ޑޮލަރުގެ އަގު އުފުލެނީ ޑޮލަރަށް ޑިމާންޑް ބޮޑުވެގެން ކަމަށް މީހުން ބުނާ އިރު، ޑޮލަރުގެ ސަޕްލައި ދައްވާން ޖެހޭ ބޮޑޫ ސަބަބެއް ނެތް ކަމަށް ބޭންކުތަކުން ބުނެއެވެ.
ކޮވިޑާ ގުޅިގެން ޑޮލަރުގެ އަގުތަކަށް ބަދަލު އައި އިރު، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި 16/50ރ ޑޮލަރު ލިބުނެވެ.
ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ރޭޓުގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ 15/42 ރުފިޔާ އެވެ.
މިއީ ސަރުކާރުން މި މެނޭޖުކުރަން ނޭގޭތީވެ ޖެހޭ ބަލާ. ޢެމެ.އެމް.އޭ ދޮވެލައިފި ރާއްޖޭގަ ހުރިއްޔާ ހުރިހުރިހާ ބެންކެއް ދޮވެލައިފި. މާޒީގަވެސް އެމް.ޑީ.ޕީ ވެރިކަމަށް އައުމާއެކު ޑޮލަރު ތާށިވި . އަނެއްކާ ހަމަ ......