ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 ޕަސަންޓް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ އުނގޫފާރު މަގުހެދުމުގެ 75 ޕަސަންޓް ނިމިފައިވާ ކަމަށާއި ސަބްބޭސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތުގެ 77 ޕަސަންޓް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

އެމަޝްރޫއުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާ، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުން ހިމެނެއެވެ.

އޭގެ އިތުރުން 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުން އަދި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެމަޝްރޫއުގެ ދަށުން ހިމެނެއެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހެވެ.

އެ މަޝްރޫއު އަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.