ރައީސް ނަޝީދަށް އަމާޒުކޮށް މޭ 06، 2021 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކައުންޓާ ޓެރަރިޒަމްގެ ހާއްސަ އޮޕަރޭޝަންތަކެއް ބާ އިންޖީނުގޭ ހުންނަ މަގުގައި ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިހާރު ވަނީ މުސާފިރީން ޕްރައިވެޓް ލިމިޓެޑު ކިޔާ ތަނަކަށް ވަދެފައެވެ.

އަލިކިލޭގެފާނު މަގާއި ބޮޑު ރަސްގެފާނު މަގާ ގުޅޭ ކަންމައްޗަށް ވާ ގޮތަށް ހުންނަ އެ އޮފީަހަށް ފުލުހުން ވަދެފައި ވަނީ ދާދި ދެންމެއަކުއެވެ.

މުސާފިރީން ޕްރައިވެޓް ލިމިޑެޓަށް ފުލުހުން ވަދެގެން އުޅޭ އިރު އެސަރަހައްދުގައި ކޮންމެވެސް ވަރަކަށް މީހުން އެބަ އުޅެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުސާފިރީން ޕްރައިވެޓް ލިމިޓެޑް ހުންނަ އިމާރާތުން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި ހައްޔަރުކޮށްފައި ވަނީ ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި މީހާއާއެވެ. ބޮން ގޮއްވި ސައިކަލުގެ ވެރިފަރާތް ވެސް ހައްޔަރު ކޮށްފި ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ހައްޔަރު ކުރީ ހުޅުމާލެއިން ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގެއެވެ.