މާލޭގެ ލޯކަލް މާރުކޭޓާއި މާލެތެރޭގައި ހުރި ކުދި މާރުކޭޓް ތަކުންވެސް ކުރުނބާ ގަތްގަނޑަކަށް ހުސްވެއްޖެއެވެ.

މި ރޯދަ މަސް ފެށިގެން އައި އިރު ބާޒާރުގެ އެކި ގޮޅިތަކުގައި ކަރާ، ކުރުނބާ ފަދަ ދިވެހިން އުފައްދާ މޭވާތައް އޮތީ ވަރަށް ތިއާގިކޮށެވެ. ނަމަވެސް ރޯދަ މަސް ދެބައި ވެގެން އައި އިރު މިހާރު ބާޒާރުތަކުން ކުރުނބާ މި ވަނީ ގާތްގަނޑަކަށް ހުސްވެފައެވެ.

'ދަ ޕްރެސް' އިން މާލޭގެ ބާޒާރުތައް ބަލާލަން މިއަދު ދިޔަ އިރު މާރުކޭޓު ތަކުގައި ކުރުނބާ ހުސްވެފައިވާ ކަން ފާހަގަ ވިއެވެ. ނަމަވެސް ބައެއް މާރުކޭޓް ތަކުގައި މަދުން ނަމަވެސް ކުދި އިހަލުގެ ކުރުނބާ ހުރުމުން އޭގެ އަގު އަހާލީމެވެ. ކުޑަކުޑަ ކުރުންބައެއްގެ އަގު ހުރީ 45 ރުފިޔާ އާއި 60 ރުފިޔާ އާ ދެމެދެވެ.

މި ރޯދަމަ މަސް ފެށިގެން އައި އިރު ކުރުންބައެއް 15 ރުފިޔާއަށް ވެސް ލިބުނެވެ.

ރޯދަ ފެެށުނު އިރު 100ރ އަށް ހުރި ކުރުނބާ ފުޅި މިހާރު ހުރީ 150ރ އަށެވެ.

މާރުކޭޓު ގޮޅިއެއްގެ ސޭޓެއް ބުނީ، މިއަދު ގެނައި ކުރުނބާތައް ހަމައެކީ ވިކި ހުސްވެއްޖެ ކަމަށެވެ. މި ރޯދަ މަހު އެންމެ ޑިމާންޑް ބޮޑު އެއް މޭވާއަށް ވެފައި ވަނީ ކުރުނބާ ކަމަށް އޭނާ ބުނެއެވެ.