މިޝަން ފޯ މައިގްރޭންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއު މޯލްޑިވްސް) އާ ގުޅިގެން އުރީދޫން އިފްތާރް ޕެކް ބަހައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އުރީދޫގެ އެސިސްޓެންޓް މެނޭޖާ ބްރޭންށް މަރިޔަމް ފަލަކް ވިދާޅުވީ މިއަދު މާރުކޭޓް ސަރަހައްދުގައި 100 އިފްތާރު ޕެކް ބަހާފައިވާ ކަމަށެވެ.

އިފްތާރް ޕެކް ބެހުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި އުޅޭ ބޭރު މީހުންނަށް ކަމަށް ފަލަކް ވަނީ ވިދާޅުވެފައެވެ.

މި ރޯދަ މަހުގެ ކޮންމެ ހުކުރެއްގައި ވެސް އިފްތާރު ޕެކް ބަހާނެ ކަމަށް ފަލަކް ވަނީ ވިދާޅުވެފައެވެ.

ފަލަކް ވިދާޅުވީ މިއީ ކޮންމެ އަހަރަކު ވެސް އުރީދޫއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރު ކޮވިދްގެ ހާލަތާ ގުޅިގެން ކުރިއަށް ނުގެންދެވުނު ކަމަށް ފަލަކް ވިދާޅުވިއެވެ. އިފްތާރް ޕެކުގައި ރޯދަ ވިއްލުމަށް ބޭނުންވާ ތަކެތި ހުންނާނެ ކަމަށް އުރީދޫން ބުނެއެވެ.