މިނިސްޓްރީ އޮފް ހެލްތް އިން ރާއްޖޭގެ ވިޔަފާރި ހަލާކުކޮށްލާ ކަމަށް ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އެޖެންސީ އޮފް ދަ މޯލްޑިވްސްއިން ތުހުމަތު ކޮށްފިއެވެ.

އެ ޔޫނިއަން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް އިންޑިއާގެ އެޖެންސީއެއް މެދުވެރިކޮށް އެއްފަރާތްކޮށް، މިނިސްޓްރީ އޮފް ހެލްތުން މީހުން ގެނައުމަކީ ގާނޫނު ނަންބަރު 6/2013 ހިލާފަށް، ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވިޔާފަރިތައް ފުނޑުފުނޑު ކޮށްލުން ކަމަށެވެ.

ދިވެހި ރާއްޖޭގެ ވަޒީފާ އާއި ބެހޭ ގާނޫނު 2/2008 ގެ ދަށުން އުފެދިފައިވާ، އެމްޕްލޯއިމަންޓް އެޖެންސީތަކަކީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިގެން، އެކަމަށްޓަކައި ނަގަންޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން ވިޔަފާރީގެ އުސޫލުން މަސައްކަތްކުރާ ކުންފުނިތަކެއް ކަމަށެވެ.

އަދި ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީވެވިގެން، އެމިނިސްޓްރީއަށް ބިދޭސީ ޑޮކްޓަރުންނާއި އެހެނިހެން ހެލްތް ޕްރޮފެޝަނަލުން ގެންނަމުން ދިޔައީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ އެޖެންސީތަކެއް ކަމަށެވެ.

03 މާރޗް 2011 ގައި ހެލްތު މިނިސްޓަރީ ގެޒެޓްކޮށްފައިވާ ނަންބަރު 23/2021/51/IUL)23-S) އިއުލާނުން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ފަންނީ މަގާމުތަކުގެ ތެރެއިން ދިވެހިން ނުލިބޭ މަގާމުތަކަށް ބިދޭސީން ރެކްރޫޓްކުރަމުން ގެންދިޔަ ގޮތަށް ބަދަލުގެނެވި، ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތްތައް އެ މިނިސްޓްރީގެ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނުން ކުރިއަށް ގެންދާގޮތަށް ނިންމާފައިވާތީވެ އެޕްލިކޭޝަންތަށް އެދުވަހުން ފެށިގެން ބަލައިގަންނަމުންދާނީ، އެކެނޑިޑޭޓެއްގެ ޕާސަނަލް އީމެއިލުން ކަމަށާއި އެނޫން ގޮތަކަށް ފޮނުވާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ކަމުގައި ވަނީ އާންމުކޮން އަންގާ އިއުލާންކޮށްފައި
ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އެޖެންސީ އޮފް ދަ މޯލްޑިވްސްއިން

ނަމަވެސް، މިމަހުގެ 17 ވަނަ ދުވަހު، އިންޑިއާގެ ނޫސްތަކުގައި އިންޑިއާގެ އެމްޕްލޯއިމަންޓް އެޖެންސީއެއްކަމުގައިވާ "ނޮރަކާ ރޫޓްސް" ކިޔާ ބަޔަކު މެދުވެރިކޮށް ހެލްތު މިނިސްޓްރީން 520 މަގާމަށް މީހުން ހޯދަން އިއުލާންކޮށްފައިވާ ކަމަށާއި އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް އެއްފަރާތްކޮށް، ހެލްތުން ކުރަމުން ގެންދާ މަސައްކަތަކީ، ގާނޫނާ ހިލާފަށް ކުރަމުން ގެންދާ ކަމެއް ކަމަށްވެސް އެ ޔޫނިއަން ވަނީ ތުހުމަތުކޮށްފައެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެޖެންސީތައް ބާކީ ކޮށް، ސީދާ އިންޑިއާގެ އެޖެންސީތައް މެދުވެރިކޮށް، މިނިސްޓްރީ އޮފް ހެލްތުން ބޭނުންވާ ފަންނީ މުވައްޒިފުން ހޯދަން ކުރާ މަސައްކަތް، އެސޯސިއޭޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އަދި އެކަން ހުއްޓުވައިދެއްވުމަށް، ސަރުކާރުގެ ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކަށް އެ އެޖެންސީ ވަނީ ގޮވާލާފައެވެ.