މިއަދު މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ލާން ފަށައިފިއެވެ.

މި އިންތިހާބުގައި މާލެއާއި އަތޮޅުތައް އަދި ރިސޯޓުތައް ހިމެނޭ ގޮތުން ޖުމްލަ 708 ވޯޓު ފޮށި ނުވަތަ މަރުކަޒު ހުންނާނެއެވެ. މި އިންތިހާބުގައި ވޯޓު ލުމަށްޓަކައި ރާއްޖެއިން ބޭރުގައި 5 މަރުކަޒު ހުންނާނެއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 2234 ކެންޑިޑޭޓުން ވާދަ ކުރެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގައި 1580 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

އިތުރަށް ވިދާޅުވޭ...