100 އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ބ. ހިތާދޫއަށް ތައާރަފު ކޮށްފިއެވެ.

އުރީދޫން ބުނީ އެ ހިދުމަތް އެރަށަށް ތައާރަފްކޮށްފައި ވަނީ މިއަދު ކަމަށެވެ.

އެގޮތުން އެ ހިދުމަތާއެކު، ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ހިތާދޫއިން ބަލާގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސެއް ލިބޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު ވިދާޅުވީ ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހެޔޮއަގުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރު ތެރޭގައި 5 ރަށަކަށް އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕާނެޓްގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.

100 އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑްތަކާި ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖްތަކާއެކު އެހިދުމަތް މިއަދު ހިތާދޫގެ ރައްޔިތުންނަށް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ޑިޖިޓަލް ހިދުމަތްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ދަރިވަރުންނަށާއި ކުންފުނިތަކަށް އަދި އާންމު ދިރިއުޅުމަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތުގެ މުހިންމުކަންވަނީ އިތުރުވެފައި. އެހެންކަމުން އަޅުގަނޑުމެންގެ މުޖުތަމައުތަކުގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އިތުރު ފުރުސަތުތައް ހުޅުވާލަދިނުމަށްޓަކަައި މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރިއަށްގެންދާނެކަމުގެ ޔަގީންކަންއަރުވަން.
އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު

އުރީދޫން ބުނީ ދާދި ފަހުން އުރީދޫ ސުޕާނެޓް ޕެކޭޖް ތަކައް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފާވާ ކަމަށެވެ. އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާ އެކު 68 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އެގޮތުން ހިތާދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.