މި ގައުމުގެ މުއައްސަސާތަކުގެ މެޖޯރިޓީ އަކީ ޖާހިލުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ސިފަކުރައްވައިފިއެވެ.

ޑރ. އަބްދުﷲ ދީދީ ވިދާޅުވީ ގައުމުގެ ހުރިހާ މުއައްސަސާތަކުގެ މެޖޯރިޓީ އަކީ ޖާހިލުންނަށް ކަމަށާއި މިހާލަތު ބަދަލުކުރުން އުއްމަތުގެ މައްޗަށް ވާޖިބުވާނެ ކަމަށެވެ. ވައްކަމާއި ފަސާދަ އިން ދައުލަތުގެ ގުނަވަންތައް ކިލަނބުވެފައިވާ ކަމަށާއި އަނިޔާތަށް އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ވަލިއްޔުލްއަމްރު ވަނީ ދައުލަތް ހިންގަން ނުކުޅެދިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އެފެދައިން ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ހިންގި އަމަލުތަކުގެ ވީޑިއޯ އާއްމުކޮށް މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވާއެވެ.

ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އާންމު ކުރެއްވި ވީޑިއޯއިން ފެންނަނީ އާދަމް ޝަރީފް މަޖިލީހުގައި ވާހަކަދައްކަވަމުން ގެންދަވަނިކޮށް ހަސަންޓޭ ވަނީ ކޮޅަށް ތެދުވެވަޑައިގެން އާދަމް ޝަރީފްގެ ވަރަށް ކައިރީގައި ހުންނަވާ ހަސަންޓޭ ހަޅޭލަވާ މަންޒަރެވެ.

އަދި ނުރައްކާތެރިކަން އިތުރުވާކަމަށް އާދަމް ޝަރީފް ވިދާޅުވުމުން، އެހެން މެންބަރެއް ވަޑައިގެން ހަސަންޓޭ އެ ތަނުން ދުރުކޮށް ގޮނޑީގައި ބައިންދަވައެވެ.