މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 138 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ބަލި ޖެހުނު 84 މީހަކާއި ރަށްރަށުން ޕޮޒިޓިވް ވި 44 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވް ވި 06 މީހެއްގެ އިތުރުން އިންޑަސްޓްރިއަލް ރަށްރަށުން ޕޮޒިޓިވްވި 4 މީހެއް ކަމަށެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި 4034 މީހުން ތިބި އިރު، މިހާތަނަށް 22،014 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށް 88 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 67 މީހަކު ވަނީ މަރުވެފައެވެ. އެއީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވަމުން ދިޔަ ނަމަވެސް ރައްކާތެރި ކަމަށް އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ވަނީ ލުއި ދީފައެވެ. އެގޮތުން ކެފޭ/ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށް ވެހިކަލް މަނާ ވަގުތު ވަނީ އުވާލާފައެވެ. އަދި މިހާރު ސުކޫލުތައް ވެސް ވަނީ ފަށާފައެވެ. އަދި މިމަހު އެއް ވަނަ ދުވަހު ވަނީ ކާފިއު އުވާލާ ގިނަ ލުއިތަކެއް ދީފައެވެ.