ވިމެން އިން ޓެކް މޯލްޑިވްސް އިން "މާސްޓާ ކްލާސް: ޑިޖިޓަލް ކޮމިއުނިކޭޝަން 101" ގެ ނަމުގައި ހިންގާ ޕްރޮގްރާމްގައި ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި އުރީދޫއިން ބައިވެރިވެއްޖެއެވެ.

އުރީދޫން ބުނީ ވިޔަފާރި ނުވަތަ ބްރޭންޑް ކުރިއަރުވަން ކޮންޓެންޓް ތައްޔާރުކޮށް ކަސްޓަމަރުންނާއި މުއާމަލާތުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އެޕްރޮގްރާމަކީ މީސް މީޑިއާ ބޭނުންކޮށްގެން ކަސްޓަމަރުންނާއި ފުރިހަމަ ގޮތެއްގައި މުއާމަލާތު ކުރާނެ ގޮތްތައް ދަސްކޮށްދޭ ޕްރޮގްރާމެއް ކަމަށެވެ.

އެޕްރޮގްރާމްގައި ޓުވިޓާ، އިންސްޓާގްރާމް ފަދަ ޕްލެޓްފޯމް ތަކުގައި ބޭނުންކުރާނެ ކޮންޓެންޓް ތައްޔާރުކުރުމާއި ކޮންޓެންޓް ކަސްޓަމަރުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދޭނެގޮތް ކިޔާދޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ އޫރީދޫގެ ޕާޓްނާޝިޕްގެ ދަށުން 12 ސްޓާޓްއަޕް ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެ ޕްރޮގްރާމްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާނެ ކަމަށެވެ.

އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 5 ސެޝަނަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމްގައި މެންޓަރިން ސަޕޯޓުގެ ބައެއް ވެސް ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ ޕްރޮގްރާމް ކުރިއަށްދާއިރު ކޮންމެ މައުލޫއަކުން ކޮންޓެންޓް އުފެއްދުމުގެ ޕްރެކްޓިކަލް ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށާއި ބައިވެރިން ތައްޔާރުކުރާ ކޮންޓެންޓް އިތުރަށް ފުރިހަމަ ކުރުމަށް ވަކިވަކިން ބައިވެރިންނަށް އިރުޝާދު ވެސް ދޭނެ ކަމަށެވެ.

އެޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާނީ އެމްޕަވަރިންބްރޭންޑްސް.ކޮމްގެ ޑިރެކްޓަރު އަދި ފައުންޑާ، ވިނީތީ ސިން ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ އެމްޕަވަރިން ބްރޭންޑްސް އަކީ ކޮމިޔުނިކޭޝަން އަދި ސޯޝަލް މީޑިއާ ސްޓްރެޓެޖީ އުފެއްދުމުގެ އެކި ޓްރެއިނިން ޕްރޮގްރާމްތައް ދުނިޔޭގެ 30 އަށް ވުރެ ގިނަ ގައުމެއްގައި ކުރިން ހިންގާފައިވާ ބައެއް ކަމަށެވެ.

އެވްރެޖް ގޮތެއްގައި ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް 2 ގަޑިއިރާއި 24 މިނިޓު އޮންލައިންކޮށް ހޭދަކުރާ ކަން ފާހަގަކޮށް އުރީދޫން ބުނީ ގިނަ ކުންފުނިތަކުން މީސްމީޑިއާ މެދުވެރިކޮށް ތަކެއްޗާއި ހިދުމަތް މާކެޓްކުރާއިރު، އެފަދަ ޕްރޮގްރާމަކުން އޮންލައިން ފަރާތްތަކަށް އިތުރު ފުރިހަމަކަމާއެކު މުއާމަލާތް ކުރާނެ ގޮތް ދަސްވެގެންދާނެ ކަމަށެވެ.