އުރީދޫ އާޗާ ޕްރިޕެއިޑްގެ މުޅިން އާ ޕްލޭންއެއްގެ ގޮތުގައި، 'އާޗާ ޑެއިލީ 2ޖީބީ' ޕްލޭން އުރީދޫއިން މިއަދު ތައާރަފު ކޮށްފިއެވެ.

މި އާ ޕްލޭން އާއެކު މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާ އާ އެކު އަންލިމިޓަޑް އުރީދޫ ކޯލްސް އެންމެ 750 ރުފިޔާއަށް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

'އާޗާ ޕްރިޕެއިޑް' ޕްލޭންސް އާއެކު ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ އައު ޑޭޓާ ބެލެންސްއަކާ އެކު. އާޗާ 2ޖީބީ ޕްލޭންސްއާއެކު ކަސްޓަމަރުންނަށް މުޅި މަހަށް ބަހާލައިގެން ބޮޑު ޑޭޓާ އެލަވަންސްއެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާނެ.
އުރީދޫ މޯލްޑިވްސް ގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސާ، ހުސައިން ނިޔާޒް

އުރީދޫން އަބަދު ވެސް މަސައްކަތް ކުރަނީ ތަފާތު ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް އެކަށޭނަ ގޮތަށް ޕްރޮޑަކްޓްތައް ފަރުމާކޮށް އިތުރު ފުރިހަމަކަމާ އެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ފޯރުކޮށްދިނުމަށް ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ. ނިޔާޒް ވަނީ ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ތަފާތު އާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އުރީދޫ އެޕް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް ކީވޯޑް “UD750” ޖެއްސެވުމަށްފަހު 5555 އަށް ފޮނުވައިގެން ނުވަތަ 1#929 އަށް ޑައަލް ކޮށްލައިގެން ވެސް އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އާ ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަޑް ޕްރިޕެއިޑް ޕްލޭނެއް ބަލައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#929 އަށް ޑައަލް ކޮށްގެން އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.