މިރޭ 4 ގަޑިއިރަށް އުރީދޫ ސުޕަނެޓް ހިދުމަތްތަކަށް ބުރޫ އަރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫން ބުނީ މެއިންޓެނަންސް މަސައްކަތެއް ކުރަމުން ދާތީ އުރީދޫ ސުޕަނެޓް ހިިދުމަތް ހޯދާ ފަރާތްތަކަށް މިރޭ ދަންވަރު 03:00 އިން ފެށިގެން ހެނދުނު 07:00 އާ ދެމެދު ބުރޫ އަރާނެ ކަމަށެވެ.

އަދި މެއިންޓެނަންސް މަސައްކަތް ކުރުމަށް އެ ގަޑި ހަމަޖެއްސީ އުރީދޫގެ ސްޕާނެޓްގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ވީހާވެސް ދަތިނުވާނެ ގޮތަކަށް އެކަން ކުރުމަށް ކަމަށާއި އެ މަސައްކަތުގައި އުޅޭ އިންޖިނިއަރިން ޓީމުން ވީ އެންމެ އަވަހަކަށް މަސައްކަތް ނިންމާލާނެ ކަމަށް އުރީދޫން ބުނެއެވެ.

އެ ހިދުމަތަކަށް ބުރޫ އަރާނެތީ، އުރީދޫން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

މީގެ ކުރިން ވެސް އުރީދޫން އިން އަޕްގްރޭޑް ކުރުމަށް ކުރާ މިފަދަ މަސައްކަތްތަކުގައި ބައެއް ހިދުމަތްތަކަށް ބުރޫ އަރާފައި ވެއެވެ. އަދި މިފަދަ މަސައްކަތްތައް ކުރާ އިރު އެ ކުންފުނިން ކަސްޓަމަރުންނަށް ދުރާލާ އަންގާ އިއުލާންވެސް ކުރެއެވެ.