ދިވެހިރާއްޖެއިން ގަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި ކަމަށް މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝަހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ ރައީސް ސޯލިހުގެ މި ނިންމެވުން ގަތަރުން ބަލައިގެންފައިވާ ކަމަށެވެ.

މި ނިންމެވުމަކީ ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއިން ގަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރުމަށް ރައީސް ސޯލިހު ނިންމެވިކަން ޝާހިދު އިއުލާން ކުރެއްވީ ރައީސް ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިދަތުރުގައި އެ މަނިކުފާނު ވަނީ ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ އިސް ވެރިން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ދެމެހެއްޓުމަށް މަޝްވަރާ ކުރައްވާފައެވެ.