ވަޓްސް އެޕް ގްރޫޕެއްގައި ބޭއަދަބީ ބަސް ބޭނުން ކުރެއްވުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް މަޖިލީހުން ފިޔަވަޅު އަޅުއްވައިފިއެވެ.

މިއަދު މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނޮޅިވަރަަމް މެމްބަރު ބޭއަދަބީ ބަސްތައް ބޭނުންކުރެއްވީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގްރޫޕްގައި ކަމަށެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް ހުށަހަޅާފައިވާއިރު އެ ކޮމެޓީން މި މައްސަލައިގައި ނިންމާފައިވަނީ ލިޔުމުން ނަސޭހަތް ދިނުމަށްކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޭއަދަބީ ބަހުން މުހާތަބް ކުރައްވާފައިވާ މައްސަލައިގައި މަޖިލީހުގެ ގަވައިދުގެ ދަށުން މަޖިލީހުގެ އިމްތިޔާޒާ ސުލޫކު ކޮމެޓީން އަޅުގަނޑަށް ލަފާ ދެއްވާފައިވަނީ އިއްޒަތްތެރި މެންބަރަށް ލިޔުމުން ނަސޭހަތް ދިނުމަށް. ވީމާ މަޖިލީހުގެ ގަވައިދާއި ޝަރަފާއި ވައްކަމާއި ދައުވަތާއި އަބުރު ދެމެހެއްޓޭނެހެން މެންބަރުންގެ އަމަލުތައް ދެމެހެއްޓުމަށްޓަކައި މިފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް ނޮޅިވަރަށް މެންބަރަށް ނަސޭހަތްތެރިވަން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު

އެ މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުއްވި އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

މެންބަރު އާޒިމު އެ ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އާއި ބައެއް މެންބަރުންނަށް ނިސްބަތްވާ ގޮތަށް މެންބަރު ނަޝީދު މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި އަވަގުރާނަ ވިދާޅުވެފައިވާ ކަމަށެވެ.