އިއްޔެ 2 ބިދޭސީއެއްގެ ދެމެދު ހިންގި މާރާމާރީގައި އޭނގެ ތެރެއިން އެކަކު މަރުވި މައްސަލާގައި ހައްޔަރުކުރި އަނެއް މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރި ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިިވާ ކަމަށެވެ.
އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.
އެންދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީ އެއްގެ ދެމެދުގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދީގެން އަނިޔާވެ ފަރުވާ ދެމުން ދިޔަ މީހާ މަރުވެފައިވަނީ އިއްޔެ 11:59ގައި މަރުވެފައިވާ ކަމަށް ތ. ވޭމަންޑޫ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ މެދުގައިވެސް ދޭތެރެ ދޭތެރެއިން ނުރައްކާތެރި މާރާމާރީތައް ހިންގައެވެ. އަދި ބައެއް ފަހަރު ބިދޭސީން އެކަކު އަނެކަކަށް ހަމަލާ ދީ މަރާލާފައިވެސް އެބަހުއްޓެވެ.
އެގޮތުން 2019 ވަނަ އަހަރު ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރި ބަންގްލަދޭޝައަށް ނިސްބަތްވާ ލުތުފަރު ނަމަކަށް ކިޔާ މީހަކު ވަނީ މަރާލާފައެވެ. އޭނާ މަރާލާފައިވަނީ ބޯޓުގައި އޭނާއާ އެކު މަސައްކަތް ކުރި ބަންގްލަދޭޝްގެ ތިން މީހެކެވެ.
ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގައި ބަރު އެއްސުމަށްފަހު އޭނާ ވަނީ ކަނޑުފައްތާލާފައެވެ. ލުތުފަރުގެ ކަށިތައް ފުލުހުން ވަނީ ފީނައިގެން ހޯދާފައެވެ. ލުތުފަރު މަރާލި މައްސަލާގައި ދައުވާ އުފުލި މީހުން ވަނީ އޭނާ މަރާލިގޮތް ފުލުހުންގެ ތަހުގީގަށް ކުޅެދީފައެވެ