އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެމައްސަލަ ހުށަހަޅާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
އެމައްސަލައަކީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލައެއް ކަމަށް އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަކީ ހަބީބު އާ ގުޅުން ހުރި ހައްޖު، އުމްރާ ގްރޫޕްއެއްގެ ޑޮކިއުމަންޓް ތަކެއް އީސީގެ ތެރެއިން ޕްރިންޓް ކުރި ކަމަށް ބުނާ ޝަކުވާއެކެވެ.
އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމަށް ހަބީބު އައްޔަން ކުރީ އެމަގާމު ފުރުއްވަމުން ގެންދެވި އަހުމަދު އަކުރަމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަކްރަމް އީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހެވެ.
މީވަރަށް އަބުރުވެރި ބޭފުޅެއް. ޙަބީބް އެންޑް ފުވާދް އަކީ އެންމެ ޑިސިޕްލިން ދެބޭފުޅުން އިލެކްޝަން މެމްބަރުން ގެ ތެރެއިން. ޥަައަޝް އެންޑް އޮނަރަރީ ޕީޕަލް. ޝެލިޔުޓް ފޯ ދެއާރ ޑިޝިޕްލިން. ޥޭޓުގޯ.
ޙަބީބް ތިކަހަލަ ކަމެއް ނުކުރާނެ. ޢިލެކްޝަންގެ މެމްބަރުން ތެރެއިން އެންމެ ވައިސް އަދި އެންމެ އަހުލާގު ރަންގަޅު ބޭފުޅަކީ ހަބީބް. ތީގަބޫލް ކުރެވޭ ވާލަކައެއް ނޫން. ތީބޮޑު ރޭވުމެއް.
އުސްތާޒު ޙަބީބަކީ ވަރަށް ޢަބުރުވެރި ކަމާއެކު ވަޒީފާގައި އުޅުއްވާ ވަރަށް ޝަރަފްވެރި ކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ހިތްތިރި ހިތްހެޔޮ ބޭފުޅެއް. ތިޔައީ ނުބައި ބައެއްގެ ނުބައި ރޭވުމެއްކަން ޔަގީން. ތިޔަ ނުބައި ރޭވުން މާތްﷲ ނާކާމިޔާބު ކުރައްވާށި. އާމީން
ކިތައްމެ ބޮޑު އުސްތާޒަކަށް ވިޔަސް ކޮރަޕްޝަންގެ ޢަމަލެއް ހިންގުން އެއީ ހުއްދަ ކަމެއްނޫން.