ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންގެ ބިލަށް ފައިސާ ދެއްކުމަށް އެސްއެމްއެސްއެއް ފޮނުވާ ގޮތަށް ނިންމައިފިއެވެ.

"ދިވެހިންގެ ބޭންކް" ބީއެމްއެލުން ބުނީ، ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ ފައިސާ އޮޓޮމެޓިކުން ކެނޑުމުގެ ކުރިން ކަސްޓަމަރުންނަށް އެސްއެމްއެސް އެއް ލިބޭނެ ކަމަށެވެ. އެ މެސެޖުގައި ކާޑަށް ފައިސާ ކެނޑޭނެ ތާރީހު ހިމަނާފައި ވާނެ ކަމަށާއި ފައިސާ ކެނޑޭނީ ކަސްޓަމަރު ބޭންކާއެކު އެއްބަސްވެފައި ވާ ކްރެޑިޓް ކާޑުގެ ރިޕޭމަންޓް ޕްލޭން އާ އެއްގޮތަށް ބިލުގެ 5 ޕަސެންޓް ނުވަތަ ބިލުގެ ޖުމްލަ އަދަދު ކަމަށް ބީއެމްއެލުން ބުނެއެވެ.

ކާޑަށް ފައިސާ ކެނޑުމާއެކު ކަސްޓަމަރަށް އެސްއެމްއެސް މެދުވެރިކޮށް އެކަން ވެސް އަންގާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

އަދި ކްރެޑިޓް ކާޑަށް ފައިސާ ދައްކާފައިވާނަ މަ، ނުވަތަ ކްރެޑިޓް ކާޑަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތް ހާލަތުގައި ބޭންކުން ފޮނުވާ އެސްއެމްއެސް އާ އެއްގޮތަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.