ޖުމްލަ 15 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫޢުތަށް ކުރިއަށްގެންދިއުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫތަށް ކުރިއަށްގެންދިއުމަށް ސޮއިކޮށްފައި ވަނީ ޖުމްލަ 5 ކުންފުންޏަކާއެކު ކަމަށެވެ. އަދި އެ ހުރިހާ މަޝްރޫއުތަކަކީވެސް ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.

އެ މަޝްރޫއުތަކުގެ ޖުމްލަ އަގު 407 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ސޮއިކުރުމަށް ސޮއި ކުރި 15 ރަށް

އެ މަސައްކަތް ހަވާލުކުރި ކުންފުނިތަަކަކީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި މައިކްރޯން ޕްރައިވެޓް ލިމިޓެޑާއި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މާކްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ސާސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.

ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުތަކުގައި ހިމެނޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީސާވޭކުރުމާއި، އީއައިއޭ މަސައްކަތް ކުރުމާއި ފެނާއި ނަރުދަމާ ނިޒާމް ފަރުމާ ކުރުމާއި، ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުމާއި، އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމްކުރުން އަދިއައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމެވެ.