ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ދިރާގުން ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބާ ކޭބަލް އެއް އަޅާފައިވާ ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓާ އިން 50 ޕަސަންޓް ޑިސްކައުންޓް ވެސް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ދިރާގު ފައިބާ ކޭބަލެއް ނެތް ބިލްޑިން ތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން 50 ޕަސަންޓް ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ހާއްސަ ޕްރޮމޯޝަނުގައި މާޗް 15، 2021ގެ ކުރިން ދިރާގު ފައިބާ ބްރޯޑްބޭންޑަށް އެޕްލައި ކުރާ ކަސްޓަމަރުން ތެރެއިން 25 ނަސީބުވެރި ފަރާތަކަށް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްގެ މަހު ފީ އިން 50 ޕަސަންޓް ޑިސްކައުންޓް 2 މަސް ދުވަހަށް ލިބިގެންދާނެ ކަމަށެވެ.

މިދުވަސްވަރަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވައި ދުވަސްވަރަކަށްވެފައި، އިންޓަނެޓަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑުވެ އިތުބާރުހިފޭ ނެޓްވާރކް އަކައި ގުޅާލުން މިވަނީ އަސާސީ ބޭނުމަކަށް ވެފައި. އެހެންކަމުން މިއީ ރާއްޖޭގެ އެންމެ ފުޅާ އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކް ގެޔަށް ލާން ލިބޭ ރަނގަޅު ފުރުސަތެއް.
ދިރާގު ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން

މިރުޝާން ވިދާޅުވީ ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކެޖްތައް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލާ ތަފާތު ޑޭޓާ އެލަވަންސްތަކައި ހަލުވި ސްޕީޑް ހިމެނޭ ގޮތަށް ކަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖް އަދި އެންމެ ބާރު ސްޕީޑް ލިބޭ 1 ޖީބީޕީއެސް ޕެކޭޖް ވެސް ދިރާގުން ލިބިގެންދާނެ ކަމަށް މިރްޝާން ވިދާޅުވިއެވެ.

ދިރާގުން ބުނީ ދިރާގު ފައިބާ ބްރޯޑްބޭންޑް މިހާރު ގެންގުޅޭ ކަސްޓަމަރުންނަށް މިހާރު 50 ޕަސަންޓް އިތުރު ހިލޭ ޑޭޓާ ފައިބާ ބޫސްޓާ ތަކުން އަންނަ މަހުގެ ނިޔަލަށް ލިބިގެންދާނެ ކަމަށެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށް ދިރާގުން ބުނެއެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެއް ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އަދި 64 ރަށަށް އެ ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.