ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅު ފާތުމަތު ހަސަން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ދޭން ފަށައިފިއެވެ.

ރައީސް ޔާމީންގެ މަންމާފުޅު ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނީ ލަންކާ ހޮސްޕިޓަލެއްގައެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީންގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގުނީ ނޭވާލައްވަން އުނދަގޫވުމާ ގުޅިގެން ލަންކާ ހޮސްޕިޓަލަށް ދުރުވާ ހެއްދިވި ޓެސްޓު ތަކުންނެވެ.

އުމުރުން 83 އަހަރުގެ ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން ދިރިއުޅުއްވަނީ ލަންކާގައި އައިލާގެ ބޭފުޅުންނާއެކު ގައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ރައީސް ޔާމީންގެ މަންމާފުޅުގެ ސިއްހީ ހާލުކޮޅު ގޯސްވެެގެން ވަނީ ލަންކާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.