ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު ހަސަން އިބްރާހިމް މަނިކު (ހަނދުވަރު ހަސަން މަނިކު) މިއަދު އަވަހާރަ ވެއްޖެއެވެ.

ޑރ. ވަހީދު ވިދާޅުވީ، އެމަނިކުފާނުގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަަމަށާއި، އަވަހާރަވި އިރު ބައްޕާފުޅުގެ އުމުރަކީ 92 އަހަރު ކަަމަށެވެ. ހަސަން އިބްރާހިމް މަނިކު އަވަހަރާވީ އާލާސްކަންފުޅެއްގައި ނޫން ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ "ލޯބިވާ ބައްޕާ ފުޅަކީ ވަރަށް ރަނގަޅު ބައްޕައެއް، ކާފައެއް އަދި މުނި ކާފައެއް" ކަމަށެވެ. މީގެ އިތުރުން މާތް ﷲ ބައްޕާފުޅަށް ސުވަރުގެ މިންވަރު ކޮށްދެއްވުމަށް އެދި ދުއާ ދަންނަވާ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ހަސަން އިބްރާހިމް މަނިކަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އަދި މެދުކެނޑުމެއް ނެތި ހަސަން އިބްރާހިމް މަނިކު ވަނީ ގައުމަށް 50 އަހަރު ހިދުމަތް ކޮށްދެއްވާފައެވެ.