އއ. މަތިވެރީގައި ފުރަބަންދުގައި ހުރި ބަޔަކު ޕޮޒިޓިވްވެފައި ވާއިރު އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ 2 ކުއްޖަކު ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިން އަށް ބަދަލު ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލް ރައީސް އިސްމާއިލް އާތިފް ވިދާޅުވީ، މަތިވެރިއަށް އަރާ ފޭބުން މަނާ ކޮށްފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށު ކައުންސިލަށް އަންގާފައި ކަމަށެވެ. އެ ރަށް މޮނިޓަރިންއަށް ލާފައި ވަނީ ފުރަބަންދުގައި ތިބި ދެމަފިރިއަކު މި މަހުގެ 21 ވަނަ ދުަހު ޕޮޒިޓިވް ވެފައި ވާއިރު އެ ކޭސް އާ ގުލީގެން އިތުރު 2 ކޭސް އެއް އެރަށުން ފެނުމާ ގުޅިގެން ކަމަށެވެ. އެ ގޮތުން މިއަދު ޕޮޒިޓިވް ވެފައި ވަނީ 2 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެއް ކަމަށް އާތިފް ވިދާޅުވިއެވެ.

އެ ދެކުދިންނަކީ މި މަހުގެ 21 ވަނަ ދުވަހު ޕޮޒިޓިވް ވި ކޭސްގެ މާމަ އަދި ކާފަ ދަރިން ކަމަށް އާތިފް ވިދާޅުވިއެވެ. އެ ދެކުދިންގެ ސާމްޕަލް ނަގާފައި ވަނީ ބަލީގެ އަލާމާތް ފެނުމުން ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

"މީހުންނާ ކޮންޓެކްޓް ވާ ަކަމށް މައުލޫމާތު ލިބިގެން ފޯކަލް ޕޮޒއިންޓުން ގުޅައިގެން އެހިޔަސް އެކަމަށް އެއްބަސް ނުވޭ. މީހުންނަށް ފެނިގެން އެ ބަ ބުނޭ ކުޑަކުއްޖާ އުންގައް ލައިގެން ހުއްޓާ އެ ބަ ފެނެޔޭ. މިހާރު ރަށް މިއޮތީ ވަރަށް ނުރައްކާ ހާލަތެއްގައި. ސްކޫލަށް ދާ ކުއްޖަކު ހުރުމާ އެކު އެގޭގައި ގްރޭޑް 10 ގައި ކިޔަވާ ދަރިވަރެއްވެސް އުޅޭ"
އިސްމާއިލް އާތިފް

އެ ދެކުދިންގެ ތެރެއިން އުމުރުން 2 އަހަރުގެ ކުއްޖާ އަކީ އެ ރަށުގައި ޤުރުއާން ކްލާހަކަށް ދާ ކުއްޖެއް ކަމަށާއި 12 އަހަރުގެ ކުއްޖާ އަކީ ގްރޭޑް 6 ގައި ކިޔަވާ ދަރިވަރެއް ކަމަށް އާތިފް ވިދާޅުވިއެވެ. މީގެ އިތުރުން އެގޭގައި ގްރޭޑް 10 ގައި ކިޔަވާ ދަރިވަރެއްވެސް އުޅޭ ކަމަށާއި މިވަގުތު އެރަށް އޮތީ ނުރައްކާ ހާލަތެއްގައި ކަމަށް އާތިފް ވިދާޅުވިއެވެ.

މިހާތަނަށް އައި އިރު ބަލީގެ އަލާމަތް ހުރި މީހުންނާއި އަދި އެ ކޭސްތަކާ ގުޅޭ ކޮންތެކްޓުން ދެނަގަތުމުގެ މަސައްކަތް އެ ރަށުގައި ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ޖުމްލަ 47 ފަރާތެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ.

އެހެންކަމުން މިހާރު އެ ރަށުގައި ތިބީ ޖުމްލަ 4 ޕޮޒިޓިވް ކޭސް ކަމަށް އާތިފް ވިދާޅުވިއެވެ.

އއ. މަތިވެރި މޮނިޓަރިންގެ ހާލަަތަށް ބަދަލުކުރި އިރު އެ އަތޮޅުން މޮނިޓަރިން އަށް ލާފައިވާ ތޮއްޑޫ ވަނީ ރޭގެ ވަގުތެއްގައި މޮނިޓަރިންގެ ހާލަތުން އާންމު ހާލަތަށް ބަދަލުކޮށްފައެވެ. ތޮއްޑޫ މޮނިޓަރިންގެ ހާލަަތަށް ލާފައި ވަނީ އެ ރަށުން މާލެއަށް އައި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.