އުރީދޫ މޯލްޑިވްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވީއަރް ކަޕްގެ ނަމުގައި މުބާރާތެއް ފަށައިފިއެވެ.

އުރީދޫން ބުނީ، އީޓޫއެސް ގޭމިން އާއި ވީއާރް ކެފޭއާ ގުޅިގެން އުރީދޫން "ވީއާރް ކަޕް"ގެ ނަމުގައި ފެށި ވީއާރް ގޭމިން ފަށާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. މި މުބާރާތުގައި 250 ގޭމަރުން ބައިވެރިވެފައި ވާއިރު، މުބާރަތް ފެށުމުގެ ކުރިން އެ ބައިވެރިންނަށް ޕްރެކްޓިސް ކުރުމަށް ވެސް ވަނީ ފުރުސަތު ދީފައެވެ.

އުރީދޫން އިން 5ޖީ ތައާރަފް ކުރުމާއެކު ވީއާރް ކަޕްގެ ނަމުގައި މި މިބާރަތް ފަށަފައި ވަނީ 5ޖީ މެދުވެރިކޮށް ގޭމް ކުޅުމަށް ޗައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ކަމަށް އުރީދޫން ބުނެއެވެ. އަދި ރާއްޖޭގައި އަލަށް ފަށާ ވީއާރް މުބާރާތާ މެދު ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށާއި މިކަމަށް ޒުވާނުންގެ ވަރަށް ބޮޑު ތަރުހީބެއް އޮތް ކަމަށް އުރީންދޫން ބުނެއެވެ.

މިހާރު އުރީދޫން ފަށަފަިއވާ މި މުބާރާތުގައި "ބީޓް ސޭބާ" ގޭމު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ގޭމް ކުޅެނީ ނޮކްއައުޓް އުސޫލުންނެވެ. އެގޮތަށް ކުޅޭ އިރު ކޮންމެ ކުޅުންތެރިޔަކަށް ދެ މެޗު ލިބޭނެ ކަމަށާއި ދެ މެޗުގައި އެންމެ މަތިން ސްކޯ ލިބޭ 8 ކުޅުންތެރިން ކުއާޓާ ފައިނަލަށް ދާނެ ކަމަށް އުރީދޫން ބުނެއެވެ.

ގޭމިން ދުނިޔެއަށް އިންގިލާބެއް ގެނެސްދޭ 5ޖީ އުރީދޫން ތައާރަފު ކޮށްފައި ވާ އިރު އެ ކުންފުނިން ގޭމް ކުޅޭ ޒުވާނުންނަށް ހާއްސަކޮށް ވީއާރް ޓޯނަމަންޓެއް މި ވަނީ ފަށާފައެވެ. ވަރަށް ފޯރިއާ އެކު މި މުބާރާތް މިހާރު ކުރިއަށް ދާއިރު، މި މުބާރާތުގައި ބައިވެރިން މިދިޔަ މަހުގެ ފަހުކޮޅު ރަޖިސްޓާ ވަނީ ރަޖިސްތާ ވެފައެވެ.

ވިޔަފާރިތަކުންނާއި ގޭމް ކުޅޭ މީހުން މިހާރު އުރީދޫ 5ޖީގެ ހިދުމަތް ބޭނުން ކުރަން ފަށާފައިވާ އިރު ރާއްޖެއަކީ ގޭމް ކުޅޭ ބޮޑު އާބާދީއެއް އޮތް ގައުމެކެވެ. އެ ގޮތުން ވީއާރް ގޭމިން އާއި ޕަބްޖީ ފަދަ ގޭމްތަކަކީ ދިވެހިންގެ ތެރޭގައި މަގްބޫލް ގޭމްތަކެއްކަން ފާހަގަ ކުރެވެއެވެ.