އޮޅުވެލި ރިސޯޓުގެ ގެސްޓް ރޫމެއްގައި ރޯވި އަލިފާންގަނޑެއް ފެތުރި، ހިނގި ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް 2 ރޫމެއް އަނދާފައި ވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރޭ ދަންވަރު ހިނގި އެ ހާދިސާގައި ރޯވި އަލިފާން ނިއްވާލީ ރިސޯޓުގެ މުވައްޒަފުންނެވެ.

އެ ހާދިސާގައި އެ ރިސޯޓުގެ 4 ރޫމްގެ ބްލޮކެއް ތެރެއިން 2 ރޫމެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އޮޅުވެލި ރިސޯޓް ރޫމެއްގައި ރޯވެ އަނދަނީ

އޮޅުވެލި ރިސޯޓުގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު ރޭ އިރުއޮއްސި 7:54 ހާއިރު ގއ. ވިލިނގިލި ޔޫތް ސެންޓަރު ގޯތި ތެރޭގައި އޮތް ފުޓްސަލް ދަނޑުގައި އަޅާފައި އޮތް މެޓްތަކުގައި އަލިފާން ރޯކޮށްލައި ގެއްލުން ދިން ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ހއ މަނަފަރު ރިސޯޓް ގައި ހުންނަ އިންޖީން ގޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެއެވެ.