ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދުބާއީ އަށް ވަޑައިގެންފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ދުބާއީ އަށް ވަޑައިގެންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި ކަމަށެވެ.

ރައީސް ސޯލިހު ދުބާއީއަށް ވަޑައިގެންނެވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އަންނަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ހޫދު ވިދާޅުވުއެވެ. މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލު ހޫދު ހާމަ ކުރައްވާފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.

މިއީ މިއަހަރު ރައީސް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އަދި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު މިއީ ރައީސް ސޯލިހުގެ ފުރަތަމަ ނުރަސްމީ ފަތުރުފުޅު ވެސް މެއެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ކޮންމެ އާ އަހަރަކު ރައީސް ރާއްޖެއިން ބޭރަށް ވަޑައިގަންނަވައެވެ.