މިފެށޭ އާ އަހަރާ ދިމާކޮށް ރިސޯޓު އިންޑަސްޓްރީގައި ނަން މަޝްހޫރު އެސްޓްރަބޮން އިން އާ ޕްރޮމޯޝަން އެއް ތައާރަފްކޮށްފިއެވެ.

އެސްޓަރްބޮން އިން ބުނީ، އެ ތަނުން ވިޔަފާރި ކުރާ ހުރިހާ ފަރާތްތަކަށް ކުރާ ކޮންމެ ވިޔަފާރިއަކުން 20 ޕަސެންޓްގެ ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓްރަބޯން އިން ބުނެއެވެ.

މިހާރު އެ ފިހާރަ ހުރިތަން ބަދަލުވެފައިވާ ކަމަށާއި އެ ފިހާރަ މިހާރު ހުންނާނީ އޯކިޑްމަގު، މ. ނޫރާނީއާގޭގައި ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން މިހާރު އެސްޓްރަބީޯން އިން ތަކެތި ގަނެ ހަދަން ފިހާރައަށް ޒިޔާރަތް ކުރަން ނުޖެހޭނެ ކަމަށާއި އޮންލައިންކޮށް އެސްޓްރަބޮން ސައިޓް މެދުވެރިކޮށްވެސް ބޭނުންވާ ތަކެތި ގަނެވޭނެ ކަމަށް އެފަރާތުން ބުނެއެވެ. އަދި އޮންލައިންކޮށް ގަންނަ ތަކެތި ޑެލިވާ ކޮށްދޭނެ ކަމަށް ވެސް ބުނެއެވެ.

އިތުރު މައުލޫމާތު ބޭނުންވާ ނަމަ 3008060 އަކަށް ގުޅުމަށް އެސްޓްރަބޮން އިން ބުނެއެވެ.

ރިސޯޓު އިންޑަސްޓްރީއަށް ވިޔަފާރި ކުރުމުގައި 15 އަހަރު ދުވަހުގެ ތަޖުރިބާ ހުރި އެސްޓްރަބޯން އިން ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދޭ 95 ޕަސެންޓް ތަންތަނަށް މުދާ ސަޕްލައި ކޮށްދެއެވެ. އެ މީހުންގެ ކަސްޓަމަރުންގެ ތެރޭގައި މަޝްހޫރު ބޮޑެތި ރިސޯޓުތަކާއި ހޮޓާތައް ހިމެނެއެވެ. އެސްޓްރަބޮން އިން ރިސޯޓުތަކާއި ބަދިގެތަކާއި ރެސްޓޯރަންޓުތަކަށް ބޭނުންވާ ޕިއްޒާ މެޝިނާއި، މިނީ ފްރިޖުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފަދަ މުހިންމު އެތައް އެއްޗެއްސެއް ލިބެން ހުރެއެވެ.

https://www.facebook.com/astrabon/posts/5435424949808338

މީގެ އިތުރުން ބެޑްރޫމާއި ފާހާނާ ފަދަ ތަންތަނަށް ބޭނުންވާ ލިނެން ތުވާއްޔާއި، ބެޑްޝީޓާއި ބާލީސް އުރަފަދަ ތަކެއްޗާއި، ފެން ބޯން ބޭނުން ކުރާ ތަށިން ފެށިގެން ޖޫސް، ޑްރިންކްސް ފަދަ ބުއިންތައް އަޅާ ކޮލިޓީ ބިއްލޫރި ތައްޓާއި، ބުފޭ އައިޓަމްތަކާއި، ވައްޓާލިއަސް ތަޅައިގެން ނުދާ ތަށީގެ އިތުރުން ތަފާތު އެކި އެކި ބޭނުންތަކަށް ބޭނުން ކުރާ ވަޅިއާއި ކޮލިޓީ މޮޅު އަވަންތަކާއި ރީތި ކޮލިޓީ އުލާއި ސަމްސާ ލިބޭނެއެވެ. އަދި މޮޅު ކޮލިޓީ ދޮންނަ މެޝިނާއި އޭސީ ވެސް މިހާރު ލިބެން ހުރެއެވެ.