ދައުލަތުން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި 12 މިލިއަން ޑޮލަރު ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށެވެ.

ސަބަބެއް ކަމަށް އެ ހުކުމުގައި ބުނީ ސެޓްލްމަންޓް އެގްރީމެންޓެއްކަމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން އޮން ކޮރަޕްޝަން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ބެލި ލިޔެކިޔުންތައް ހިސާބުކުރުމުން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ހަރަދުތައްކަމަށް ސެޓްލްމަންޓް އެގްރީމެންޓްގައި ބަޔާންކޮށްފައިވާ އަދަދާ ދިމާނުވާތީއެވެ.

މީގެ އިތުރުން ސެޓްލްމަންޓްގެ އެގްރީމެންޓްގައި އެއްބަސްވެފައިވާ އަދަދުގެ ސައްހަކަމާމެދު ސުވާލުއުފެދިފައިވާތީ އެއީ ބާތިލުކުރުމުގެ އިހްތިޔާރު ލިބިގެންވާ އެއްބަސްވުމެއްކަމާއި، ސެޓްލްމަންޓް އެގްރީމެންޓްގައި އެއްބަސްވެފައިވާ އަދަދު ރަނގަޅުކަމަށް ސެޓްލްމަންޓް އެގްރީމެންޓްގައި ސޮއިކުރިއިރު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެއްބަސްވެފައިވުމަކީ، އެ އަދަދުގެ ސައްހަކަމާމެދު މިހާރު ސުވާލު އުފެދޭ ކަމެއް ކަމަށް އެ ހުކުމުގައި ވެއެެވެ.

އިއްޔެ އެގޮތަށް ސިވިލް ކޯޓުން އެގޮތަށް ހުކުމް ކޮށްފައިވާއިރު، ސީލައިފާއި ހައުސިން މިނިސްޓްރީއާ ދެމެދު 2018 ހަދާފައިވާ އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ސީލައިފަށް ދިވެހި ދައުލަތުން ދައްކަންޖެހޭ ކަމަށް ބުނާ 12 މިލިއަން ޑޮލަރު ހޯދުމަށް ކުންފުނިން ކުރި ދައުވާގެ މައްސަލައާ ގުޅިގެންނެވެ.