އަވަށްޓެރި ސްރީލަންކާގެ ގޯލްގެ ސަރަހައްދެއްގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން މަރުވި މުސްލިމެއްގެ ގަބުރު އަންދާ ނުލާ، ކޯލްޑް ސްޓޯރޭޖަކަށް ލުމަށް، ގޯލްގެ އެޑިޝަނަލް މެޖިސްޓްރޭޓް ޕަވިތުރާ ސަންޖީވާނީ ޕަތިރަނާ އަމުރު ކުރައްވައިފިއެވެ.

މި އަމުރު އައީ، މަރުވި މީހާގެ ހަށިގަނޑު، ގަބުރު އަންދާ ތަނަކަށް ގެންދިއުމަށް، ގޯލް ޓީޗިންގް ހޮސްޕިޓަލުގެ އެކްޓިންގް ކޮރޮނާ ދެއްވި އިރުޝާދާ ގުޅިގެން، މައްޔިތާގެ އާއިލާގެ ފަރާތުން ހުށަހެޅި ދައުވާގެ ނިންމުމެއްގެ ގޮތުގައެވެ.

އާއިލާގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ، ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރު އެންދުމުގެ މައްސަލައަށް އެހެން ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް، ސްރީލަންކާގެ ސިއްހަތާ ބެހޭ ވުޒާރާއިން ކުރަމުންދާތީ، އެކަން ކޮޅެއްގައި ޖެހެންދެން، ގަބުރު އަންދާނުލާ ބާއްވާ ދިނުމުގެ ވަގުތީ އަމުރަކަށް އެދިއެވެ.

އުމުރުން 84 އަހަރުގެ ފިރިހެން މީހާ މަރުވީ، ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފަރުވާ ދެމުންދަނިކޮށް، ހާޓްއެޓޭކެއް ޖެހިގެންނެވެ.

ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، މުސްލިމުންގެ ގަބުރު އަންދާލުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވާކަން ހާމަކޮށްފައެވެ.