އަވަށްޓެރި ސްރީލަންކާގެ ސުޕްރީމް ކޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަން އެ ގައުމުގެ މީޑިއާއިން ދާދި ދެންމެއަކު ރިޕޯޓްކޮށްފިއެވެ.

ކޮޅުނބުގައި ހުންނަ ސްރީލަންކާގެ އެންމެ މަތީ ކޯޓުގެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު، އަލިފާން ނިއްވާ ޓީމުގެ 8 ޔުނިޓެއް އެ ސަރަހައްދަށް ފޮނުވާފައި ވާ ކަމަށް ކޮލަމްބޯ ފަޔާ ބްރިގޭޑުން ވަނީ ހާމަކޮށްފައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.

ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިންވެސް ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ ގައުމެވެ.

އިތުރު ތަފްސީލު އަންނަނީ...