ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ކޮވިޑް ރިލީފް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.

އީއައިބީ ކޮވިޑް ރިލީފް ލޯނަށްއަކީ އީއައިބީ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބީއެމްއެލް އިން ތައާރަފް ކޮށްފައިވާ ލޯނެކެވެ.

އެގޮތުން 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 6 ޕަސެންޓުގެ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ކަމަށާއި ލޯނު އަނބުރާ ދެއްކުމަށް 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއް ވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ ލޯނަށް އެދި ހުށަހަޅަން ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ.