އީކޮމާސް ޕްލެޓްފޯމް މޫލީއިން އަހަރީ ބަންދާ ގުޅިގެން "މޫލީ އިޔާ އެންޑް ކާނިވަލް 2020" ގެ ނަމުގައި ޑިޖިޓަލް ކާނިވަލެެއް މޫލީ ޕްލެޓްފޯމްގައި ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ ފުޅާވަމުން އަންނަ އީ ކޮމާސް ޕްލެޓްފޯމް، މޫލީގެ އިޔާ އެންޑް ކާނިވަލުން އެޕްލެޓްފޯމްގައި ތަކެތި ވިއްކާ 10 ފަރާތެއްގެ ޕްރޮޑަކްޓްސްއިން 50 ޕަސަންޓް އާ ހަމައަށް ޑިސްކައުންޓް ވިޔަފާރި ކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.

ޑިސްކައުންޓްގެ އިތުރުން ކޮންމެ ދުވަހަކު ކޮންމެ ހަފްތާއަކު އަދި ކާނިވަލުގެ މުއްދަތުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް އަގުހުރި އެތައް އިނާމެއް ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫން ބުނީ މޫލީ އިޔާ އެންޑް ކާނިވަލަށް ހާއްސަ ސެކްޝަނެއް އީކޮމާސް ޕްލެޓްފޯމްގައި ހުޅުވާ އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މާލޭގެ ކޮންމެ ހިސާބަކަށް ޑެލިވާ ކޮށްދެވޭނެ ކަމަށެވެ.

ސްމާޓް ފޯންއާއި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު ކޮސްމެޓިކްސް އަދި ތުއްތު ކުދިންނަށް ހާއްސަ ވާހަކަ ފޮތުގެ އިތުރުން އެކި އުމުރުފުރާގެ މީހުންނާގުޅޭ ތަފާތު ތަކެތި މޫލީ އިޔާ އެންޑް ކާނިވަލުން ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

މޫލީ އިޔާ އެންޑް ކާނިވަލުން ވިޔަފާރި ކުރުމަށް އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތްކުރުމަށް އުރީދޫން ވަނީ ބުނެފައެވެ. އަދި ބޭނުންވާ ޕްރޮޑަކްޓެއް ހިޔާރު ކުރުމަށްފަހު ކާޓްއަށް އެޑްކޮށް، ކާޓްއަށް ގޮސް ޗެކްއައުޓް ކުރުމަށާއި ޑެލިވާ ކުރަން ބޭނުންވާ އެޑްރެސް ޖައްސާ، އޯޑަރު ކަށަވަރުކުރުމަށް ޕޭމަންޓްކޮން ފާމްކުރުމަށް އުރީދޫން ވަނީ އެދިފައެވެ.

އުރީދޫން ބުނީ މޫލީ ކާނިވަލް އިން ވިޔަފާރި ކުރާ ހުރިހާ ކަސްޓަމަރުން ލަކީޑްރޯއެއްގައި ހިމެނި ކޮންމެ ދުވަހަކު، ކޮންމެ ހަފްތާއަކު އަދި މުޅި ކާނިވަލުން ވިޔަފާރި ކުރާ ފަރާތްތަކުން ނަސީބުވެރި ފަރާތްތަކަށް އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމު މޫލީގައި މިހާރު ލިސް ޓްކުރެވިފައިވާ 13 ބްރޭންޑްއަކުން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ކުއިކާބިޒް، އައިޓީވޯލްޑް، ބްރޭންޑްލޫމް، ލިންކްސާވް، ފޯމެކްސް އަދި އެހެންވެސް ބްރޭންޑްތައް ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ އެ ކާނިވަލަށް ކޮންމެ ނެޓްވާކްއަކުން ވެސް ވަދެ ހެޔޮއަގުގައި ވިޔަފާރިކޮށް ލެވޭނެ ކަމަށެވެ.

އޭގެ އިތުރުން މިމަހު 15 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ކޮންމެވެސް އެއް ޕްރޮޑަކްޓްއަކާއިއެކު އަގު ހުރި އިނާމެއް ލިބިގެންދާނެ ކަމަށާއި އިނާމު ހިމަނާފައިވާ ޕްރޮޑަކްޓެއްގެގޮތުގައި ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް އެއްކެޓަގަރީއެއްގެ ޕްރޮޑަކްޓްއެއްގެ އަގުގެ ތިރީގައި "ފްރީ ގިފްޓް އިންކްލޫޑަޑް" ޖަހާފައިވާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫން ބުނީ މޫލީގެ ޕާޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް ކަމަށެވެ.