ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދިޔަ 6 ޕޭޝަންޓަކަށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ނުލިބިމުގެ ސަބަބުން މަރުވެއްޖެއެވެ.
މަރުވި މީހުންގެ ތެރޭގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ 5 ޕޭޝަންޓަކު ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވާ ގޮތުން ނަމަ މިކަމުގައި ގޯސް ހެދީ ސަޕްލައި ކުންފުނިންނެވެ. ގަޑިއަށް ސަޕްލައި ނުލިބިމުގެ އަސަރު، އޮކްސިޖަން ބޭނުންވާ 200 އެއްހާ ޕޭޝަންޓުންނަށް ކުރިއެވެ. ބައެއް ޕޭޝަންޓުންނަށް އޮކްސިޖަން ގުޅާފައި ނުވާއިރު، އަނެއް ބައި ޕޭޝަންޓުންނަށް އޮކްސިން ދޫކުރީ ބޭނުންވާ މިންވަރަށް ވުރެ މަދުން ކަމަށް މައުލޫމާތު ލިބެއެވެ.
ޕެޝާވާރުގައި ސަރުކާރުން ހިންގަމުންދިޔަ ހޮސްޕިޓަލުގައި، އެކަށީގެންވާ މިންވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން މަރުވި ޕޭޝަންޓުންގެ އާއިލާ މެމްބަރުން ވަނީ އެހީއަށް އެދި އެމީހުން އާދޭސް ކުރި ކަމަށްވެސް ބުނެފައެވެ.
މި ދަނޑިވަޅަކީ، ކޮވިޑް-19ގެ އިތުރު ރޯޅިއަކާ ޕާކިސްތާނަށް ކުރިމަތިލާން ޖެހިފައިވާ ވަގުތެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އޮކްސިޖަންގެ މައްސަލަ ފެށުނީ، ހައިބަރު ޓީޗިންގް ހޮސްޕިޓަލަށް ކޮންމެ ދުވަހަކުވެސް ބޭނުންވާ އޮކްސިޖަން ސަޕްލައި، ގަވައިދުން އަންނަ އުސޫލުން ހޮނިހިރު ދުވަހު ފޯރު ނުކޮށްދެވުނު ހިސާބުންނެވެ. ބެކަޕްގައި ހުރި 300 ސިލިންޑަރަކީ، އޮކްސިޖަން ބޭނުންވި ޕޭޝަންޓުންނަށް ފުދޭ ވަރަށް ވުރެ މަދު އަދަދެއް ކަމަށްވެއެވެ.
އޮކްސިޖަންގެ ސަޕްލައި ދަށްވެ، ޕޭޝަންޓުން އަމިއްލައަށް އޮކްސިޖަން ގަތުމަށްވެސް ހޮސްޕިޓަލުން އެނގި ކަމަށާ، ނަމަވެސް އެކަންވެސް ފުރިހަމަ ކުރެވުނީ ބައެއް މީހުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.
ހައިބަރު ޓީޗިންގް ހޮސްޕިޓަލަށް ބޭނުންވަ އޮކްސިޖަން ސަޕްލައި ލިބުނީ ޖީއެމްޓީގަޑިން އާދީއްތަ ދުވަހުގެ ރޭ 23:00 ޖެހިއިރު ކަމަށް ހަބަރު ލިބެއެވެ.
ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އޮކްސިޖަން ސަޕްލައި ލަސްވުމުގެ އަމަލީ، ޖިނާއީ އިހުމާލުގެ މައްސަލައެކެވެ. މި މައްސަލާގައި ބައެއް ސަސްޕެންޑް ކޮށްފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.