އުރީދޫ އާޗާ ޕްރިޕެއިޑްގެ މުޅިން އާ ޕްލޭންސް އާޗާޑެއިލީ 1 ޖީބީ ޕްލޭން އުރީދޫއިން މިއަދު ތައާރަފު ކޮށްފިއެވެ.
އެ އާ ޕްލޭންތައް މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ އާއި އެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބެމުންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސްގެ ތެރެއިން އާޗާ ވީކްލީ ޕެކް 150 ރުފިޔާއަށް ލިބޭއިރު، 7 ޖީބީ (ދުވާލަކު 1 ޖީބީ ޑޭޓާ) އަދި އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
އާޗާ މަންތްލީ ޕެކް 500 ރުފިޔާއަށް ލިބޭއިރު، 30 ޖީބީ (ދުވާލަކު 1 ޖީބީ ޑޭޓާ) އަދި އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބިގެންދާނެ ކަމަށް ވެސް އުރީދޫން ވަނީ ބުނެފައެވެ.
އުރީދޫ އެޕް ބޭނުންކޮށްގެން އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓް ކުރެވޭނެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD150” (އާޗާ ވީކްލީ ޕެކް)، “UD500” (އާޗާ މަންތްލީ ޕެކް) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
އޭގެ އިތުރުން 1#*929* އަށް ޑައަލް ކޮށްލައިގެން ވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
އުރީދޫން ބުނީ އާ ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަޑް ޕްރިޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#*929* އަށް ޑައަލް ކޮށްގެން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށެވެ.