ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމުން ނިކުމެ ވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނައިބު ރައީސްކަން މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނަށް ނުދެއްވައިގެން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ރައީސް މައުމޫނަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ހިނގަމުން ދާ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ގާސިމް އިބްރާހިމް އަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ރައީސް މައުމޫނަށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވީ، ރައީސް މައުމޫން ކިތަންމެ ވަރަކަށް އަނިޔާވެރިކަން އިއާދަ ކުރަން އަދި ކޮރަޕްޝަނާ ފަސާދައަށް ޖާގަ ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވިޔަސް، މި ސަރުކާރު ގެނެސްގެން އުޅެނީ އެކަމަށް ބޭނުން ވާތީ ކަމަށެވެ. އަދި ވެންޓިލޭޓަރު މައްސަލާގައި އެމްއާރްއެމަށް އެއްޗެކޭ ނުބުނެވިގެން އުޅެނީ ކީއްވެތޯ އަދުރޭ ސުވާލު އުފެއްދެވިއެވެ.
އޭނާ ވަނީ ރައީސް މައުމޫން ފަދަ ދީނީ އިލްމުވެރިއަކު އެމްޑީއެންގެ ރިޕޯޓާ މެދު އެއްޗެކޭ ވިދާޅުނުވެ ހަނު ހުންނެވީ ދަރިފުޅު (ޔުމްނާ މައުމޫނު) ގެ ވަޒީފާއަށްޓަކައި ތޯ ސުވާލު އުފައްދަވާފައެވެ. އަދި ގައުމަށް ހެޔޮ އެދުމަކީ އެއީ ނޫން ކަމަށާޢި، ގައުމަށް އިސްކަން ދިނުމަކީ ގައުމުގެ ހައްގުގައި ނިކުމެ ބަސްބުނުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ ގައުމަށް ހެޔޮ އެދުމަކީ، "ސަރުކާރު ދަވާލާ" އިރު އެކަމާ ދެކޮޅަށް އަޑުއުފުލުމާއި ވައްކަން ކުރީމައި އެކަމާ ދެކޮޅަށް ވަކާލާތު ކުރުމާއި މިނިވަންކަން ގެއްލިގެން ދާއިރު ގައުމުގެ ދިފާއުގައި ނިކުތުން ކަމަށެވެ. އަދި ތިމާގެ ދަރިފުޅުގެ ވަޒީފާއަށްޓަކައި، ތިމާގެ ޕާޓީއަށް ލިބިފައި ހުރި މިނިސްޓަރު ކަމަށްޓަކައި ހަނު ހުރުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް މައުމޫން، ރައީސް ޔާމީނާ ދެކޮޅަށް ނިކުންނެވީ އަމިއްލަ އެދުންފުޅު އޮތީމާ ކަމަށެވެ. އަދި އެއީ ކޮރަޕްޝަނާ ދެކޮޅަކަށް ނިކުތުން ނޫން ކަމަށާއި އެއީ އަމިއްލަ ލެޔާ ދެކޮޅަށް ނިކުތުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް މައުމޫން، ރައީސް ޔާމީނާ ދެކޮޅަށް ނިކުންނެވީ އެމަނިކުފާނަށް އިއްޒަތް ނުލިބިގެންނާއި އެމަނިކުފާނަށް ތަހުތުގައި އިނދެވަޑައިނުގެންނެވިގެން ކަމަށާއި އަދި އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ގޮތަށް ވެރިކަން ނުހިންގެވިގެން ކަމަށެވެ. މިހެން ވިދާޅުވެ އަދުރޭ ވަނީ އޭނާއާ ޖަދަލު ކުރެއްވުމަށް ވަޑައިގަތުމަށް ރައީސް މައުމޫނަށް ދައުވަތު ދެއްވާފައެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ ގާސިމަށްވެސް ބަހުގެ ހަމަލާތައް ދެއްވާ ވާހަކަ ދައްކަވާފައެވެ. އަދުރޭ ވިދާޅުވީ، ގާސިމުވެސް ގައުމޭ ގައުމޭ ވިދާޅުވަނީ، އަނބިކަނބަލުން (ފާތުމަތު ނަހުލާ) އަށް މިނިސްޓަރުކަން ލިބުނީމައި ކަމަށެވެ. އަދި އެއީ އިހުލާސްތެރިކަން ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.
އަދުރޭ ވިދާޅުވީ، ގާސިމާއި ރައީސް މައުމޫނާއި އިމްރާނާއި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށްލީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ނިންމާލުމަށްޓަލައި ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި 1 އަހަރު ދުވަސް ހޭދަ ކުރައްވާފައި ވާއިރު، އެ މަނިކުފާނު ތަންފީޒު ކުރައްވަމުން އެ ގެންދަވަނީ ނުހައްގު ޖަލު ހުކުމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ މި ތުހުމަތު ތަކަށް އެއިން އެއްވެސް ލީޑަރަކު އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.
ތިމާ ނޫން އެހެން މީހަކު ނުވަތަ ބަޔަކު ނެތްކަމަށް ހީކިރުމަކީ ކާމިޔާބީ އާ ދުރު ކަމެކޭ.
އަދުރޭ އަނެއްކާ އަނެއް ބޮނޑި ބޯން ތިޔަ އުޅެނީ..ގަބޫލު ކުރިޔަސް ނުކުރިޔަސް ޔާމީން ނުހޮވުނީ ކަލެއާއި ފާތުމަ އާއި އަދި ނިހާނު އާއި މިހެންވީ ހައެއްކަ މީހުން މައުނު އާ ގެޅިގަތީމާ.ފާރިސް އަށް ބ.ވަޒީރުކަން ދިނީމާ އޭނާކީއް ކުރާނީ.ޖިހާދުވެސް ހުރި ހަމަ ހުންނަން ޖެހުނީ ކޮއްކޮ މާރަނގަޅުވާނެ.ތިހަދަނީ އަނެއްކާ ވެސް ދޮގު.މައު މޫނު ތިއިން ވާހަކަ އެއް ދައްކާތަ.މައުމޫނު ނުދަންނާނެ ކަލޯފެންވަރު މީހަކު.އެއީ މި އޭޝިޔާގަ ހުރި އެންމެ ވަރުގަދަ ސިޔާސީ ލީޑަރު.އެނގޭތަ އޭރު ފާތުމަ އުޅުނީ އަދީބުއާ ހިތާވެގެން.އެހެންވެ އަދީބުއަށް ބ.ވަޒީރު ކަން ލިބުނީ.ތަފުސީލު ބޭނުންތަ؟
މިހާދުވަސް ވަންދެން ތިހެން ނުބުނެ މަޑުކުރީ ކީއްވެ؟ ދެން އަތް ޖަހަންވީނު؟
ހުސް ދޮގު
އަދުރޭ ބުންޏަސް ތިބުނީ ހަމަ ވަރައްވެސް ދެދުވާހަކައެއް.
ޓިނުއަދުރޭކަލޭގެ ލަދުހަޔާތް ކޮބާ ވައްކަމޭކިޔާ އަގަހުޅުވާއިރަށް ﷲގެކުޅަދުއްވަންތަކަމުން އަގައޮރިވާނަމަ ނުކެރުނީސްކަންޔަގީނޭ ރަތްލާޖެހިބޮޑުވަގުން