ގިނަ ދުވަސްތަކެއް ވަންދެން ބަންދު ކޮށްފައި އޮތުމަ ށްފަހު، އަންނަ ޖެނުވަރީ މަހު ސްރީލަންކާ ހުޅުވާލުމުގެ ވާހަކަ ދައްކަމުން އަންނައިރު، އެންމެ ފުރަތަމަ އިސްކަން ދޭނީ، ބޮޑެތި އަދަދުތަކުން ހަރަދުކުރާ ފަތުރުވެރިންނަށް ކަމަށް، ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ އިޝާރާތް ކުރައްވައިފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ އެތައް މަހެއް ފަހުން، 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ފަތުރުވެރިންނަށް ގައުމު ގުޅުވާލުމަށް ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއީ ލީޑަރުން ވަނީ ހުށަހަޅުއްވަފައެވެ.

ހޯމަ ދުވަހު ކުރިއަށްދިޔަ ސީސީސީ ސަމިޓްގައި ތަގުރީރު ކުރައްވަމުން ގޮތަބާޔާ ވަނީ، ހުރިހާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ގައުމު އަލުން ހުޅުވާލުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ޕްލޭނެއްގެ ދަށުން ފަތުރުވެރިކަމަށް ލަންކާ އަލުން ހުޅުވާލާއިރު، އާންމު މުޖުތަމައާ ވީހާވެސް އެކަހެރިކޮށް ފަތުރުވެރިންނަށް އުފާވެރި ވަގުތުތަކެއް ހޭދަ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސުމަށް ގޮތަބާޔާ ވަނީ ގޮވާލައްވާފައެވެ.

ގިނަ ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ސްރީލަންކާގެ ބޯޑަރު ހުޅުވާލާ ކަމުގެ ހަބަރާއެކު އިތުރު ކަމެއްވެސް ފާހަގަ ކުރެވެއެވެ. އެގޮތުން ޖެނުވަރީގައި ބޯޑަރު ހުޅުވަން އަމާޒު ހިފާފައި ވާއިރު، އެންމެ ފުރަތަމަ އިސްކަން ދޭނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ ހަދަރު ކުރާ ފަތުރުވެރިންނަށް ކަމަށް ގޮތަބާޔާ ވަނީ އިޝާރާތް ކުރައްވާފައެވެ.

ބޯޑަރު ހުޅުވާލާ ފުރަތަމަ ދުވަސްކޮޅު ފަތުރުވެރިންގެ އަދަދު ލިމިޓް ކުރާނެ ކަމަށާ، މި ލިމިޓް ކުރުމުގައިވެސް އިސްކަން ދޭނީ ބޮޑެތި އަދަދުތަކުން ލަންކާއަށް ހަރަދު ކުރާ ފަތުރުވެރިންނަށް ކަމަށް ގޮތަބާޔާ ވަނީ ވިދާޅުވެފައެވެ. ސްރީލަންކާގެ އިގުތިސޯދަށް ފައިދާ ހާސިލުވާން އޮތީ މި އުސޫލުން އަމަލު ކޮށްގެން ކަމަށްވެސް ގޮތަބާޔާ ވަނީ ވިދާޅުވެފައެވެ.

އަންނަ މަހު ލަންކާގެ ބޯޑަރު ހުޅުވާލުމަށް ހުށަހަޅާފައިވާ ކޮވިޑް-19ގެ ހެލްތު ޕްރޮޓޮކޯލްއާވެސް އެކުގައެވެ.