އއ. ތޮއްޑޫއަށް ޒިޔާރަތް ކުރި ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ތޮއްޑޫގައި ޗުއްޓި ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އެ މައްސަަލ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ. އަދި މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް އެފަރާތުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތޮއްޑޫގައި ޖިންސީ ފުރައްސާރަ ކޮށްފައި ވަނީ ސްލޮވީނިއާ އަންހެނަކަށެވެ.