ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީއިން ހިންގާ އެސްޕަޔާ މަޝްރޫއުގެ ދަށުން ހުޅުލެ – ހުޅުމާލެ ލިންކް ރޯޑުގައި 5 މެގަވޮޓް ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމަށްޓަކައި މިނިސްޓްރީއާއި ސްޓެލްކޯއާއި ތައިލެންޑްގެ އެންސީސް ކޯ ލިމިޓެޑާއިއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަނެވެ. އަދި އެންސީސް ކުންފުނީގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރު ޗުމްޕުލް ޕަޓަނުކުމެވެ.
އެ ރަސްމިއްޔާތުގައި ސްޓެލްކޯއާ ދެމެދު ޕަވާ ޕާޗޭސް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ސްޓެލްކޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއެވެ.
އެޕްރޮޖެކްޓްގެ ދަށުން އެންސިސްއިން ހަކަތަ އުފައްދާ ނިޒާމް ގާއިމުކޮށް އޭގެއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައި ވަނީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓަށެވެ.
ފުރަތަމަ ފިޔަވަހީގައި ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މަޝްރޫއުގެ ސަބަބުން ދައުލަތުން ހަކަތަ އުފެއްދުމަށް ޗެކުރާ ހަރަދުން ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަހަރަކު ސަލާމަތް ކުރެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އަންދާޒާ ކޮށްފައެވެ.
އެމަޝްރޫއުގެ ދަށުން ހުޅުލެ-ހުޅުމާލޭގެގައި މަސައްކަތް ފެށޭނެކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅުގައިކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.