އުމުރުން 77 އަހަރުގެ ފިރިހެނަކު ކޮވިޑް ގައި ނިޔާވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މައުލޫމާތު ދޭ ގޮތުގައި ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ ދިވެހި ފިރިހެނެކެވެ. އެ މީހާ ނިޔާވީ މިއަދު 02:09 ހާއިރެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި 46 ވަނަ މީހާ ކަމަށް އެޗްއީއޯސީން ވަނީ ކަނޑައަޅާފައެވެ.‏

މިމަހުގެ ތެރޭގައި ކޮވިޑުގައި އަށް މީހަކު ވަނީ ކޮވިޑުގައި ނިޔާވެފައެވެ.

މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 39 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. މީގެ އިތުރުން، އެޗްޕީއޭއިން ބުނެފައި ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު ނިޔާވެފައިވާ އިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑަށް އިއްޔެ ވަނީ 32 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 19 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވް ވި 13 މީހުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،578 އަށް އަރާފައެވެ. އޭގެ ތެރެއިން 11،559 މީހަކު ރަނގަޅުވެފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 967 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 82 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 341 މީހަކު އައިސޮލޭޝަން ފެސިލިޓީ ތަކުގައި އެބަތިއްބެވެ.