މިރޭ 3 ގަޑިއިރަށް އުރީދޫ ސުޕަނެޓް ހިދުމަތްތަކަށް ބުރޫ އަރާނެ ކަމަށް އުރީދޫ މޯލްޑިވްސުން ބުނެފިއެވެ.

އުރީދޫން ބުނީ މެއިންޓެނަންސްގެ މަސައްކަތެއް ކުރަމުން ދާތީ އުރީދޫ ސުޕަނެޓް ހިިދުމަތް ހޯދާ ފަރާތްތަކަށް މިރޭ ދަންވަރު 2:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު ބުރޫ އަރާނެ ކަމަށެވެ.

އަދި މެއިންޓެނެންސް މަސައްކަތް ކުރުމަށް މިވަގުތު ހަމަޖެއްސީ ޕްލޭނެއްގެ ދަށުން ކަމަށާއި އެ މަސައްކަތުގައި އުޅޭ އިންޖިނިއަރިން ޓީމުން ވީ އެންމެ އަވަހަކަށް މަސައްކަތް ނިންމާލާނެ ކަމަށް އުރީދޫން ބުނެއެވެ.

އެ ހިދުމަތަކަށް ބުރޫ އަރާނެތީ، އުރީދޫން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

މީގެ ކުރިންވެސް އުރީދޫން އިން އަޕްގްރޭޑް ކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި ބައެއް ހިދުމަތްތަކަށް ބުރޫ އަރާފައި ވެއެވެ. އަދި މިފަދަ މަސައްކަތްތައް ކުރާ އިރު އެ ކުންފުނިން ކަސްޓަމަރުންނަށް އަންގާ އިއުލާންވެސް ކުރެއެވެ.