ދިވެހިން މަގު ފުރައްދަން އުޅޭ މީހުންނާ މެދު ސަމާލުވުމަށް ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ގޮވާލައްވައިފިއެވެ.
އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައްހަ އަގީދާ އަކީ ކޮބައިކަން ނޭނގޭ ހާލު ދިވެހިންގެ އަގީދާ ނުގުޑާނޭ ބުނެ ބާތިލް އަގީދާތަކަށް ގޮވާލައި، ދިވެހިން މަގު ފުރައްދަން އުޅޭ މީހުންނާ މެދު ސަމާލުވުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާ ކަމަށެވެެ.
އޭގެ އިތުރުން ދިވެހިންގެ އަގީދާ އަކީ އަހްލު ސުންނަ ވަލްޖަމާއަތުގެ އަގީދާ ކަމަށް ވެސް ޝެއިލް އިލްޔާސް ވަނީ ވިދާޅުވެފައެވެ.
އިލްޔާސް އެ ޓްވީޓު ކުރައްވާފައި ވަނީ ދިވެހިންގެ އަދީގާ އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޓްވީޓެއް ކުރައްވާފައި ވަނިކޮށެވެ.
އެގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިސްލާމް ދީނުގެ މަތިވެރި ހަމަތަކަށް ރާއްޖެ ބޯލަނބަން ފެށީ ސޫފީ ދަންނަ ބޭކަލުންގެ މަތިވެރި ސުލްހަވެރި މަސައްކަތުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ދިވެހިންގެ އަގީދާ ބަދަލު ކުރަން ތަފާތު ދަންނަ ބޭކަލުންގެ ނަމުގައި މީހުން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އިސްލަމީ އަގީދާ ނުގުޑާ ކަމަށެވެ. އަދި ނަޝީދު ވަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ރާއްޖޭގެ ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބިގެން ދިޔައީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގައެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރަން ފަށާފައި ވަނީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރުމަށްފަހު އެ ދުވަސް ފާހަގަކުރުން ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން 1421 ވަނަ އަހަރުން ފެށިގެން މި ދުވަސް އަނެއްކާވެސް ދަނީ ފާހަގަކުރަމުންނެވެ.
މިއަދަކީ ރާއްޖެ އިސްލާމްވިތާ 894 އަހަރު ފުރޭ ދުވަހެވެ. ދައުލަތުން ރަސްމީ ގޮތެއްގައި ދިވެހިން އިސްލާމް ދީން ގަބޫލުކުރި ދުވަހެއްގެ ގޮތުގައި ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއާހިރު މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަމުން އަންނަތާ މީ 21 ވަނަ އަހަރެވެ.
މިމީހުން ބުނާނެ މަޝްހޫރު ދީނީ އިލްމުވެރިޔާ މިވެނި މީހެކޯ ބުނާއިރު ލާރިކޮޅެއް ދީފަ މީހެއްގެ މަޔައްގޮވާށޭ ބުންޔަސް ތިބައިގަނޑު ގޮވާނެ.