ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޕާޓީ، ޑީއާރުޕީގެ ނައިބް ލީޑަރުގެ މަގާމުން ކުރީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އިސްތިއުފާ ދެއްވައިފިއެވެ.

ބޮޗޭ ވިދާޅުވީ ޔޮޓް ޓުއާސް ގްރޫޕް ކުންފުނިތަކުގެ ސީއީއޯގެ މަގާމާއި ޑީއާރުޕީގެ ނައިބް ލީޑަރުގެ މަގާމާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްޓްރިއޭޓްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެ މަގާމުތަކުން ބޮޗޭ އިސްތިއުފާ ދެއްވާފައިވާ ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

ޑީއާރުޕީގެ ނައިބުގެ މަގާމަށް ބޮޗޭ ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އޭނާ ކުރިން މަޖިލީހުގައި ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.