ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލެއްވުމަށްފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުގައި ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދާއެކު ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މަސައްކަތް އަވަސްކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ދެ ގައުމުގެ ފޮރިން ސެކްރެޓަރީ އިން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ދަތުރުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި މިނިސްޓާ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓާ އޮފް ޑިފެންސް އާއި މިނިސްޓާ އޮފް ފިނޭންސް އާއި މިނިސްޓާ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އިތުރުން މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓާ އޮފް ޓޫރިޒަމް އާ ވަނީ ބައްދަލުކުރައްވާފައެވެ.
ދެގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ރާއްޖެއާއި އިންޑިއާ އާ ދެމެދު މި ދަތުރުގައި 4 އެމްއޯޔޫ އެއްގައި ވަނީ ސޮއިކޮށްފައެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ޤައްޔޫމާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާވެސް ބައްދަލުކުރައްވާފައެވެ.