އުމުރުން 45 އަހަރުގެ އަންހެނަކު ކޮވިޑް ގައި ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ބުނީ ނިޔާވި މީހާއަކީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެއްސެއް ކަމަށެވެ.

އެމީހާ ނިޔާވެފައި ވަނީ މިއަދު މެންދުރު 02:38 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި 41 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.‏

ކޮވިޑަށް އިއްޔެ ވަނީ 23 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 21 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވް ވި 2 މީހުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12009 އަށް އަރާފައެވެ. އޭގެ ތެރެއިން 11،132 މީހަކު ރަނގަޅުވެފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 830 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 52 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 225 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.