ފުލުހުންގެ މުއައްސަސާ އިން މިސަރުކާރު ވައްޓާލަން ނުކުތުމަކީ ކުރާނެ ކަމެއް ނޫން ކަމުގެ ޔަގީންކަން އޮތްނަމަ އެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށް އެމްޑީޕީގެ މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
މި ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ފުރިހަމަަ ޔަގީންކަން އެބައޮތް ކަމަށާ އެ ޔަގީންކަން ރައްޔިތުންނަށް ވެސް ދެއްވާ ކަމަަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޔަގީންކަން އޮތްކަމަށް ވާނަމަ ކިތަންމެހާ ވެސް ހެޔޮ ރަނގަޅު ކަމަށެވެ. ނަމަވެސް އެ ޔަގީންކަން ރައްޔިތުންނަށް އެރުވުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަކީ “ޓްރުތު އެންޑް ރީކޮންސިލިއޭޝަން" ގެ އުސޫލުން އެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދުން ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.
ސީޕީ ވަނީ 7 ފެބްރުއަރީއަށް އިޝާރާތް ކުރައްވައި، އެއީ މާޒީ ކަމަށާއި އެ މާޒީން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.
ފެބްރުއަރީ 12 ގައި ގައުމުގައި ހުޅުޖެގި އެމްޑީޕީ އިން ރައްޔިތުން އަދި ފުލުހުންގެ ކިބައިން މާފަށް އެދެން ޖެހޭނެ.