ރިސޯޓު އިންޑަސްޓްރީގައި ނަން މަޝްހޫރު އެސްޓްރަބޮން އިން ވިއްކާ ބައެއް ތަކެތިން ޑިސްކައުންޓް އޮފާތަކެއް ތާއާރަފް ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ކުންފުނިން ބުނީ، ހާއްސަ ޑިސްކައުންޓް އޮފާތަކެއް މިހާރު ދެމުން އަންނަ ކަމަށާއި ބަދިގެ ސާމާނު ގަންނަ ގިނަ ފަރާތްތަކަށް މިއީ ލިބިގެން ދާނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

އެގޮތުން ބިއްލޫރި ތަށިތައް ފަދަ ސާމާނުން 50 ޕަސެންޓް ގެ ޑިސްކައުންޓެއް ދޭއިރު މި އަހަރުތެރޭ އެ ކުންފުނިން ރާއްޖެއަށް ތައާރަފް ކުރި، ދުމާއި ވަހުން އުނދަގޫ ނުވެ ކައްކާލެވޭ "ލޭމްޕްކުކް" އިން ވެސް ވަނީ 25 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމާފައެވެ. ހަމައެއާއެކު އެސްޓްރަބޮން އިން ވިއްކާ ހެޕީކޯލުން ވެސް 25 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ވަނީ ނިންމާފައެވެ.

އެސްޓްރަބޮން ގެ އިޝްތިހާރެއް

މީގެ އިތުރުން ތަތްނުލަވާ ގޮތަށް ފަރުމާ ކޮށްފައިވާ ތެލީގެ 5 ޕީސް ހިމެނޭ ސެޓުން 15 ޕަސެންޓުގެ ޑިސްކައުންޓެއް ވަނީ ތައާރަފު ކޮށްފައެވެ.

މިތަކެއްޗާ ބެހޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ 3008060 އަކަށް ގުޅުމަށް އެސްޓްރަބޮން އިން ބުނެއެވެ.

އެސްޓްރަބޮން އިން ރިސޯޓުތަކާއި ބަދިގެތަކާއި ރެސްޓޯރަންޓުތަކަށް ބޭނުންވާ ޕިއްޒާ މެޝިނާއި، މިނީ ފްރިޖުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފަދަ މުހިންމު އެތައް އެއްޗެއްސެއް ލިބެން ހުރެއެވެ. މީގެ އިތުރުން ބެޑްރޫމާއި ފާހާނާ ފަދަ ތަންތަނަށް ބޭނުންވާ ލިނެން ތުވާއްޔާއި، ބެޑްޝީޓާއި ބާލީސް އުރަފަދަ ތަކެއްޗާއި، ފެން ބޯން ބޭނުން ކުރާ ތަށިން ފެށިގެން ޖޫސް، ޑްރިންކްސް ފަދަ ބުއިންތައް އަޅާ ކޮލިޓީ ބިއްލޫރި ތައްޓާއި، ބުފޭ އައިޓަމްތަކާއި، ވައްޓާލިއަސް ތަޅައިގެން ނުދާ ތަށީގެ އިތުރުން ތަފާތު އެކި އެކި ބޭނުންތަކަށް ބޭނުން ކުރާ ވަޅިއާއި ކޮލިޓީ މޮޅު އަވަންތަކާއި ރީތި ކޮލިޓީ އުލާއި ސަމްސާ ލިބޭނެއެވެ. އަދި މޮޅު ކޮލިޓީ ދޮންނަ މެޝިނާއި އޭސީ ވެސް މިހާރު ލިބެން ހުރެއެވެ.